Ugail

ސައެންސް

ކުދިކުދި ކަންތަކުން ބޮޑެތި ނަތީޖާ ނިކުތުންނިކުންނަ ބޮޑެތި ނަތީޖާތައް - ބަޓަފްލައި އިފެކްޓް

Published on 4/5/2013

މިލިޔުން ކިޔާލުމަށްފަހު ތިބާގެ ދިރިއުޅުމަށް ދިގުދެމިގެންދާނެ ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެކޭ ބުނުމުން އެވާހަކަ ގަބޫލު ކުރެވިދާނެ ހެއްޔެވެ؟ ނުވަތަ، ތިމާއަށް ކޮށްލެވޭ  ވަރަށް ކުޑަކުޑަ ކަމަކުން އާޚިރުގައި ހީވެސް ނުކުރެވޭފަދަ ބޮޑު ނަތީޖާ އެއް ނުކުމެދާނެ ކަމަށް ބުނުމުން  އެވާހަކަ ގަބޫލު ކުރެވިދާނެ ހެއްޔެވެ؟ 

އަހަރުމެންގެ ރާއްޖޭގެ ފަޒާގައި އުދުހޭއުދުހެމުން އަންނަ ކޮކާ ތަކާއި މެދު ވިސްނާލާށެވެ. އެއިން ކޮކާލެއް އުދުހުމުގައި ފިޔަޖަހާ ލެވޭ ވަގުތުގެ ގޮތުން، ނުވަތަ ފިޔަޖަހާލެވޭ ގޮތަކުން ޔޫރަޕްގެ ކޮންމެވެސް ގައުމެއްގައި ތޫފާނެއް އުފެދިދާނެއޭ ބުނުމުން ގަބޫލު ކުރެވޭހެއްޔެވެ؟ މިފަދަ އިން ކަންތައް ވުމަށް ވަރަށް ގިނަ ދުވަސް ނަގާގަފާނެއެވެ. އެހެންނަމަވެސް، މިފަދައިން ކަންތައްތައް ވުމަކީ  ވަރަށްވެސް އެކަށީގެންވާ ކަމެކެވެ. ކުރުގޮތަކަށް ބުނާނަމަ، ކިތަންމެ ކުޑަ ކުޑަ ކަމަކުންވެސް އާޚިރުގައި ދިމާވާ ނަތީޖާ ވަރަށް ބޮޑުވެފައި ވަރުގަދަ ވެދާނެއެވެ. 

ކުދިކުދި ކަންތަކުން ނިކުންނަ، ހިތަށް ނުގެނެވޭ ކަހަލަ ބޮޑެތި، ނަތީޖާތަކަށްއަށް ސައިންސުވެރިން ކިޔާ އުޅެނީ 'ބަޓަފްލައި އިފެކްޓް' އެވެ. މޫސުމަށް އަންނަ ބަދަލުތަކަކީ ބަޓަފްލައި އިފެކްޓް ބުނެދޭން ބޭނުން ކުރެވޭ މިސާލުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މިސާލެވެ. މީގެ މައިގަނޑު ސަބަބަކީ،  މޫސުމަކީ ވައިގެ ތެރޭގައި ހިމެނޭ ތަފާތު ގޭސް ތަކަށް ނުވަތަ މޮލެކިއުލްތަކަށް އަންނަ ބަދަލުތަކެއްގެ ސަބަބުން ދިމާވާ ކަމަކަށް ވުމެވެ. ކަންތައްތަކެވެ. ކޮކާލެއް ފިޔަޖަހާވަގުތު ވައިގެ އޮޔަށް އަންނަ  ވަރަށްވެސް ކުޑަބަދަލަކުންވެސް މުޅި ސިސްޓަމް އެއްކޮށް ބަދަލުވެދާނެއެވެ. ފާހަނގަ ކޮއްލަން ބޭނުންވާ ނުކުތާއަކީ، ބަޓަފްލައި އިފެކްޓްގައި ހިމެނެނީ ހަމައެކަނި މޫސުމަށް އަންނަ ބަދަލުތައް އެކަނި ނޫން ކަމެވެ. ންޏެއް ނޫނެވެ. އަދި މިކަމުގައި ހިމެނޭނީ ހަމައެކަނި ކޮކާލެއްވެސް ނޫނެވެ. ކޮންމެ އެއްޗަކަށް އަންނަ  ވަރަށް ކުޑަކުޑަ ބަދަލަކުންވެސް ބަޓަރފްލައި އިފެކްޓް މެދުވެރިވާން  ދިމާވެދާނެދިމާވާނެ ދޮރެއް ހުޅުވިދާނެއެވެ.  އެހެންނަމަވެސް ބޮޑެތި ކަންތައްތަކާއި ޚިލާފަށް ކުދި ކުދި ކަންތައްތަކުން ނިކުންނަ ބޮޑެތި ނަތީޖާތައް މެދުވެރިވުމަށް ގިނަ ވަގުތު ނަގާފާނެއެވެ. 

ބަޓަފްލައި އިފެކްޓަކީ ހިސާބު ޢިލްމުގެ ދާއިރާއެއް ކަމަށްވާ  ކެއޯސް ތިއަރީ (Chaos Theory) އާއި ގުޅިފައިވާ އެއްޗެކެވެ. ކެއޯސް ތިއަރީ ގައި ހިމެނެނީ ހައިރާން ކުރުވަނިވި ހައިރާންކުރަނިވި ކަންތައްތަކާއި އަދި އަހަރުމެންނަށް ސައިންސުގެ އަލީގައި ލަފާނުކުރެވޭ ފަދަ ކަންތައްތައްތަކެވެ. އެއިން އަހަރެމެންނަށް އަންގައިދެނީ އެއްވެސް އިންޒާރެއް ނެތި  ކޮންމެ ފަދަ ވަގުތެއްގައިވެސް ކުރިމަތިވެދާނެ ކަންތައްތަކެއް ވާކަމެވެ. މައިގަނޑު ގޮތެއްގައި ސައިންސްގައި ހިމެނެނީ އަހަރެމެންނަށް ލަފާކުރެވޭނެ ކަންތައްތަކެވެ. މިސާލަކަށް ބިމަށް ދަމާބާރުގެ ތިއަރީގެ އަލީގައި މީހަކު މައްޗަށް އެއްލާ ބޯޅައެއް ބިން މައްޗަށް ވެއްޓޭނެ ކަން އަދި ވެއްޓޭނެ ވަގުތު ލަފާ ކުރެވިދާނެ އެވެ.  އެއާއި ޚިލާފަށް ކެއޯސް ތިއަރީގައި ހިމެނެނީ އަހަރެމެންގެ ކޮންޓްރޯލުން ބޭރުގައިވާ  އަހަރުމެންނަށް (ސައިންސުގެ އަލީގައިވެސް)  ލަފާ ކުރަން ދަތި ކަންތައްތަކެވެ. މިސާލަކަށް މޫސުމަށް އަންނަ ބަދަލުތަކާއި، އިންސާނާގެ ސިކުނޑީގެ ބައެއް ސިގްނަލްތަކެވެ. ގުދުރަތުން ލައްވާފައިވާ ވަރަށް ގިނަކަންތައްތައް ވަނީ ކެއޯސް ތިއަރީއާއި ގުޅިފައެވެ. މިސާލަކަށް ގަސްގަހާގެއި ހެދި ބޮޑުވާގޮތް، އުޑުގައި ދަތުރުކުރަމުން އަންނަ ވިއްސާރަ ވިލާތަކުގެ އިތުރުން އިންސާނުންނާއި ޖަނަވާރުންގެ ހަށިގަނޑުގެ ގުނަވަންތައް އުފެދި ބޮޑުވާ ގޮތް ވެސް މިތިއަރީގެ ތެރޭގައި ހިމެނެއެވެ. އިންސާނުންނަށް އެބައިމީހުންގެ ދިރިއުޅުމުގެ ބައެއް ކަންތައްތައް ކޮންޓްރޯލް ކުރެވުނު ކަމުގައިވީވިނަމަވެސް، ކެއޯސް ތިއަރީގެ ތެރޭގައި ހިމެނިގެން އަންނަ ކަންތައްތައް،  މިސާލަކަށް، ބޮޑެތި ތޫފާންތަކާއި، ސުނާމީ  ފަދަ ކަންތައްތަކަކީ އަހަރެމެންގެ ކޮންޓްރޯލުން ބޭރުގައިވާ ކަންތައްތަކެވެ. އަހަރެމެންނަށް ނޭނގުނު ކަމުގައިވިނަމަވެސް މިފަދަ ކަންތައްތައް އަހަރެމެންގެ ވަށައިގެންވެއެވެ. މިފަދަ ހާދިސާތަކުން އަހަރެމެންނަށް ބައެއް ފަހަރު ރެކިގަނެވުނު ކަމުގައި ވިނަމަވެސް މިފަދަ ކާރިސާތައް ހުއްޓުވުމަކީ އިންސާނުންނަށް ކުޅަދާނަ ކަމެއް ނޫނެވެ.

އެހެންނަމަވެސް، ބަޓަފްލައި އިފެކްޓަކީ ވެސް އޮންނަ އެއްޗެއްކަން ދަނެ އެބޭނުން ކޮށްގެން އަހަރެމެންނަށްވެސް ދިރިއުޅުމުގައި ކުދި ކުދި ކަންކަން ކޮއްގެން ކުރެވޭ ކުދިކުދި ކަންތައްތަކުން ބޮޑެތި ކަންތައްތައް ހާސިލް ކުރެވިދާނެއެވެ. އަހަރެމެން މިއަދު ނިންމާ  ކުދި ކުދި ނިންމުން ތަކަކީ ކަންތައްތަކަކީ އަހަރެމެންގެ މުސްތަގްބަލް ބިނާ ކުރާނެ ކަންތައްތަކެވެ. މިގޮތަށް ކުރެވޭ ކުޑަކުޑަ ކަމަކުން ވެސް ވަގުތު ދިގުދެމިގެންގޮސް ރަނގަޅު ނުވަތަ ނުރަނގަޅު ކޮންމެވެސް ކަމެއް ވާނެކަން ކަށަވަރެވެ. އެހެންކަމުން، އަލުން އެނބުރި ދެވޭނެނަމަ، ބަދަލު ކޮށްލާނެ ނުވަތަ ރަނގަޅު ކޮށްލާނެ ކޮންމެވެސް ކަމެއް ކޮންމެމީހެއްގެވެސް އޮންނާނެއެވެ. މިފަދަ ގޮތަކަށް އެނބުރި ގޮސް އަހަރެމެން ބަދަލު ކޮށްލާ ކުޑަކުޑަ ކަމަކުންވެސް މުސްތަގްބަލް ވަރަށް ބޮޑަށް ބަދަލުވެދާނެއެވެ. މިސާލަކަށް ތިބާއަކީ ބަރުދަން އާދަޔާ ހިލާފަށް އިތުރު މީހަކުނަމަ، ބަރުދަން ލުއި ކޮށްލުމަށް ވިސްނާލިންހެއްޔެވެ؟ މިފަދަ ގޮތަކަށް ޚިޔާލު ކުރެވި އެއާ މެދު ރަގަނޅު ފިޔަވަޅެއް އެޅިއްޖެ ނަމަ ތިބާގެ ދިރިއުޅުމަށް އެކަމުން ހީވެސް ނުކުރާހާ ބޮޑެތި ބަދަލުތައް އައުމަކީ ވަރަށް ވެސް އެކަށިގެންވާ ކަމެކެވެ.  މިސާލަކަށް، ބަރުދަން ލުއި ކުރުމުން އެއްވެސް ޝައްކެތްނެތި، ސިއްޙަތު ސަލާމަތުން ހުރުމުން، މީހާދުޅަހެޔޮވެ އުމުރު ދިގުވެގެންދެއެވެ. އަދި މާމަ/ކާފަ ދަރިންނާއި އެކީ ވަގުތު ހެދަކުރެވޭނެ ފުރުސަތު ބޮޑު ވުމެގެ އިތުރުން އުމުރުގެ އެންމެ ފަހު އަހަރުތައް ދުޅަހެޔޮކަން މަތީ ވޭތު ކުރެވޭނެއެވެގުނާލެވޭނެއެވެ. 

ބަޓަފްލައި އިފެކްޓަކީ ކުދި ކުދި ކަންތައްތަކުން ނެރެވޭ ބޮޑެތި ނަތީޖާ ތަކެވެ. ބަޓަފްލައި އިފެކްޓް މިފަދައިން މަސައްކަތް ކުރަނީ ކައުނުގައިވާ ހުރިހާ ތަކެތި، އެކަތި އަނެކައްޗާއި ގުޅިލާމެހިފައި ވާތީއެވެ. އެހެންކަމުން ކުދިކުދި ކަންތައްތައްކޮށްގެން، ބަޓަފްލައި އިފެކްޓްގެ ޒަރީއާއިން ބޭނުން ކޮށްގެން އަހަރެމެންގެ ދިރިއުޅުން ހެޔޮގޮތުގައި ބައްޓަން ކުރުމަށްވެސް ބޭނުން ކުރެވިދާނެއެވެ.