Ugail

ދިރިއުޅުން

އިތުރަށް ހޯދާ

ދަރިއަކު ކާމިޔާބު މީހަކަށް ހެދުމަށް ކަންތައް ކުރަންވީ ކިހިނެއް؟

Published on 7/6/2018

"އަޅުގަނޑުގެ ދަރިފުޅަކީ ކާމިޔާބު މީހަކަށް ހެދުމަށް ކަންތައް ކުރަންވީ ކިހިނެއް؟" މިއީ ފަހަކަށް އައިސް ވަރަށް ގިނައިން މައިންބަފައިން އަޅުގަނޑާއި ކުރާ ސުވާލެކެވެ. ސަބަބެއް ނެތިއެއް ވެސް ނޫނެވެ. ހަމަގައިމު ވެސް ކޮންމެ މީހަކު ވެސް ބޭނުންވާނީ އެމީހެއްގެ ދަރިއަކަށް ކާމިޔާބު މުސްތަގުބަލެއް ހޯދައި ...

އޯޓިޒަމް އާއި އާދަޔާ ޚިލާފު ވިސްނުންތޫނު ކަމާއި ގުޅުމެއް ނުވޭބާ؟

Published on 8/9/2017

ތާރީހުގެ ތެރެއިން އައިސްފައިވާ އިލްމުވެރިންގެ ތެރޭގައިވެސް އޯޓިސްޓިކް މީހުން ގިނައެވެ. މިގޮތުން ސައިންސް، ސިޔާސީ އިލްމު އަދި އާޓްފަދަ ދާއިރާތަކުގެ އިލްމުވެރިން ކަމަށްވާ ނިއުޓަން، އައިންސްޓައިން، ތޯމަސް ޖެފަރސަން، އަދި މޮޒަރޓްއަކީ އޯޓިޒަމްގެ "ނުކުޅެދުންތެރިކަން" ހުންނަ އިލްމުވެރިންކަމަށް ސައިކިއޭޓްރިސްޓުން ވިދާޅުވެއެވެ.

ކެތްތެރިކަމުގެ ހުނަރު – ދަރިއަކަށް ދެވޭނެ އެންމެ ބޮޑު އެއް ހަދިޔާ!

Published on 2/3/2016

ޒަމާނީ ތަފާތު ވަސީލަތްތަކާއި އަދި ދިރިއުޅުމަށް މިހާރު މިއަންނަމުންދާ ބަދަލުތަކާ އެކު، އަޅުގަނޑުމެން އިންސާނުން މިދަނީ ވަގުތީ އުފާތައް ހޯދުމަށް ދެވޭ ސަމާލުކަން އިތުރު ކުރަމުންނެވެ. އަޅުގަނޑުމެން މިއަދު އަވަސްވެގަންނަނީ ބޮޑެތި ކަންކަމުގެ ހައްލު އިސާހިތަކު ހޯދައިގަތުމަށެވެ. މިއީ ގަބޫލު ކުރަން ޖެހޭ ހަގީގަތެކެވެ.

ބްލެކް ހޯލް އަކީ ކޮންއެއްޗެއް؟

Published on 1/7/2016

ބްލެކް ހޯލް ނުވަތަ އަނދިރި ވަޅުގަނޑެކޭ ބުނާ އަޑު ގިނަބަޔަކު ވާނީ އަޑުއަހާފައެވެ. އެހެންނަމަވެސް މިއީ ބިންމަތީގައި ހުންނަ ވަޅުގަނޑުތަކުގެ ވާހަކައެއް ނޫނެވެ. މިތާނގައި މިވާހަކަދެކެވޭ ބްލެކް ހޯލް އަކީ އަހަރެމެންގެ ކާއިނާތުގައި ވާކަމަށް ފަލަކީ އިލްމުވެރިން ގަބޫލު ކުރާ ބްލެކް ހޯލްތަކުގެ

މުސްލިމުންގެ ޢިލްމީ ހުނަރުވެރިކަމުގެ ތެރެއިން ހިސާބު ޖެހުމާއި ކުރެހުންތެރިކަން

Published on 11/10/2015

ހިސާބު ޢިލްމު ފަދަ މުހިއްމު ޢިލްމެއް ދުނިޔެއަށް ތައާރަފު ކުރުމުގައި މުސްލިމުންގެ މަގާމު އެއީ އޮޅިފައިވާނެ ކަމެއް ނޫންކަން ކަށަވަރެވެ. އަދި މިކަމަކީ މިއަދު ދުނިޔޭގެ މިފަދަ ދާއިރާތަކުން ކުރިއަރާފައިވާ މުޖުތަމައުތަކުގައި ވެސް މުސްލިމުންނަށް ގިނަގުނަ ތައުރީފު ލިބޭ ކަމެކެވެ. މުސްލިމުން އިންސާނިއްޔަތަށާއި ދުނިޔެއަށް ތައާރަފު ކުރި ހިސާބު އަދި ނުޖޫމީ އިލްމުގެ ބާވަތްތަކާއި، ކުރެހުންތެރިކަން އަދި އިމާރާތް ފަރުމާކުރުން ފަދަ ދުނިޔެވީ ކަންކަމަކީ މިހާރުގެ ދުނިޔެ ހުނަރުވެރިކަމުގެ ރޮނގުން ކުރިއެރުމަށް އެޅުނު މުހިއްމު ބިންގާތަކެއް ކަން އެއީ އިލްމީ ރޮންގުން ދުނިޔޭގެ ފުންނާބު އުސް މީހުން ދެބަސް ނުވާ ކަމެކެވެ.

ސައެންސްގެ އަލީގައި ކުލަ

Published on 15/3/2017

ކުލަތަކާއި އަޅުގަނޑުމެންނާއި ދެމެދު ވަރަށް ޚާއްސަ ގުޅުމެއް ވޭ. ކުލައަކީ އޭގައި އާދަޔާއި ޚިލާފު ބާރުތަކެއް އެކުލެވޭ އެއިން އިންސާނާގެ ސިކުނޑިއާއި ތަފާތު ގޮތްގޮތަށް ކުޅެލާ އެއްޗެއް.