Ugail

ލިޔުންތައް

ދިރިއުޅުން

ހުވަފެންތައް ހަގީގަތަކަށް ހެދުމަށް މުހިއްމު ވަނީ ތެދުވެރިކަމާ އެކު ކުރާ މަސައްކަތް

Published on 5/1/2021

މުރުން އެންމެ ހަތް އަހަރުގެ ކުއްޖަކު މަޝްހޫރު ކުންފުނި ކަމަށްވާ ގޫގްލުގެ ވަޒީފާއަކަށް އެދި އެތަނަށް ފޮނުވި ސިޓީއެއްގެ ވާހަކަ ތިބާ އަޑު އެއްސެވިންތޯ އެވެ؟ އިނގިރޭސިވިލާތަށް އުފަން އުމުރުން އެންމެ ހަތް އަހަރުގެ ކްލޮއީ ބްރިޖްވޯޓާ ނަމަކަށް ކިޔުނު ތުއްތު ކުއްޖަކު ގޫގްލުގައި ވަޒީފާ އަދާކުރުމުގެ ޝައުގުވެރިކަން ހުރިވަރު ބަޔާންކޮށް އޭނާ އަމިއްލަ އަތުން ލިޔުނު ސިޓީއަކަށް ގޫގްލުގެ އިސްވެރިޔާ ސުންދާރް ޕިޗާއީގެ ސަމާލުކަން ލިބިގެންދިއުން ވެގެންދިޔައީ ގިނަބަޔަކަށް ބޮޑު ހައިރާން ކުރުވަނިވި ކަމަކަށެވެ.

ފަސޭހައިން ހާސިލު ކުރެވޭ ކަންކަން ގިނަ ދުވަހަށް ދެމިއެއް ނުހުންނާނެ!

Published on 4/12/2019

އިނގިރޭސި ރައްޔިތެއް ކަމަށްވާ މައިކަލް ކެރޮލް އަކީ އޭނާގެ އަތުގައި ނަސީބު ހިފުމުގެ ކުރިން ވަރަށް އާދައިގެ ދިރިއުޅުމެއް އުޅެމުން އައި މީހެކެވެ. އޭނާ، އާމްދަނީ ހޯދުމަށް ކުރަމުން އައި މަސައްކަތަކީ ކުނި އުކާލުމުގެ މަސައްކަތެވެ. ނަމަވެސް، ނަސީބު ނަމްބަރަކުން، 2002  ވަނަ އަހަރު ސާދަ މިލިއަނަށް ވުރެ ގިނަ ޑޮލަރު...

ދަރިއަކު ކާމިޔާބު މީހަކަށް ހެދުމަށް ކަންތައް ކުރަންވީ ކިހިނެއް؟

Published on 7/6/2018

"އަޅުގަނޑުގެ ދަރިފުޅަކީ ކާމިޔާބު މީހަކަށް ހެދުމަށް ކަންތައް ކުރަންވީ ކިހިނެއް؟" މިއީ ފަހަކަށް އައިސް ވަރަށް ގިނައިން މައިންބަފައިން އަޅުގަނޑާއި ކުރާ ސުވާލެކެވެ. ސަބަބެއް ނެތިއެއް ވެސް ނޫނެވެ. ހަމަގައިމު ވެސް ކޮންމެ މީހަކު ވެސް ބޭނުންވާނީ އެމީހެއްގެ ދަރިއަކަށް ކާމިޔާބު މުސްތަގުބަލެއް ހޯދައި ...

އެހެން މީހުންނަށް ވުރެ ތިމާގެ ނަފްސާއި ދިރިއުޅުން ގޯސް ކަމަށް ހިތާ، އަޅައި ކިޔުމަކީ ދިރިއުޅުމުގެ އުފާތަކުން މަހުރޫމު ވުމުގެ އަސްލު

Published on 4/7/2018

ންމެ ފަހުން ތިބާގެ އަމިއްލަ ދިރިއުޅުން، އެހެން މީހެއްގެ ދިރިއުޅުމާއި އަޅައި ކިޔާލީ ކޮން އިރަކު ހެއްޔެވެ؟ ދިރިއުޅުމުގައި ކުރާ ކަންތައްތަކާއި، ލިބޭ ކާމިޔާބީ އާއި، ތިމާގެ ހުނަރުތަކާއި އަދި ނުވީތާކު ތިމާގެ އަމިއްލަ ހަށިގަނޑު ހުންނަގޮތާއި، އެހެންމީހުންގެ މިފަދަ ކަންކަމާއި އަޅުގަނޑުމެންނަށް އަޅައި ކިޔާލެވެ ...

އުނގެނުމާއި އެއްވަރަށް އެއުނގެނޭ އެއްޗެއްގެ ބޭނުން ހެޔޮގޮތުގައި ހިފުން ވެސް މުހިއްމު.

Published on 2/3/2018

ހަފްތާގެ ދުވަސްތަކުގެ ތެރެއިން ހުކުރު ދުވަހަކީ އިސްލާމީ އުއްމަތަށް އެންމެ މުހިއްމު އެއް ދުވަހެވެ. މިދުވަސް ހާއްސަ ވެގެންދާ މައިގަނޑު ސަބަބަކީ ހުކުރު ނަމާދުގައި ދެވޭ ހާއްސަ ހުތުބާ އެވެ. ކީރިތި ގުރުއާނާއި މާތް ނަބިއްޔާގެ ސުންނަތުގެ މައްޗަށް ބިނާކޮށް ހުކުރު ދުވަހު ދެވޭ މިހާއްސަ ހުތުބާގައި ދެވޭ މައުލޫމާތަކީ އިންސާނެއްގެ ދިރިއުޅުމަށް ބޭނުންވާ އެންމެ ފުރިހަމަ މައުލޫމާތެވެ.

އޯޓިޒަމް އާއި އާދަޔާ ޚިލާފު ވިސްނުންތޫނު ކަމާއި ގުޅުމެއް ނުވޭބާ؟

Published on 8/9/2017

ތާރީހުގެ ތެރެއިން އައިސްފައިވާ އިލްމުވެރިންގެ ތެރޭގައިވެސް އޯޓިސްޓިކް މީހުން ގިނައެވެ. މިގޮތުން ސައިންސް، ސިޔާސީ އިލްމު އަދި އާޓްފަދަ ދާއިރާތަކުގެ އިލްމުވެރިން ކަމަށްވާ ނިއުޓަން، އައިންސްޓައިން، ތޯމަސް ޖެފަރސަން، އަދި މޮޒަރޓްއަކީ އޯޓިޒަމްގެ "ނުކުޅެދުންތެރިކަން" ހުންނަ އިލްމުވެރިންކަމަށް ސައިކިއޭޓްރިސްޓުން ވިދާޅުވެއެވެ.

މޮޅުމީހަކަށް ވުމަށް ނަންހިނގާ އާއިލާއަކަށް ތިމާ ނިސްބަތްވާކަށް ނުޖެހޭ

Published on 2/6/2017

ދުނިޔޭގެ ތާރީހުގެ ތެރެއިން ފެނިފައިވާ ވަރުގަދަ ޝަހުސިއްޔަތުތައް ނުވަތަ ކަންކަމުގައި ބޮޑެތި ކާމިޔާބު ހޯދާފައިވާ މީހުންގެ ދިރިއުޅުމާ މެދު ތިބާ އެއްވެސް ވަރަކަށް ވިސްނާލިން ތޯ އެވެ؟ އެފަދަ މީހުންގެ ދިރިއުޅުމަށާއި އަދި ހޯދާފައިވާ ކާމިޔާބީތަކާމެދު ފިކުރު ހިންގައިފިނަމަ ފާހަގަ ވެގެންދާނެ އެއްކަމަކީ، އެއިން ކޮންމެ މީހެއްގެ ވެސް ދިރިއުޅުން ފެށިގެން އައިސްފައިވަނީ ވަރަށް ވެސް އާދައިގެ ގޮތުގައި ކަމެވެ. މިކަމަށް ހެކިދޭ ބައިވަރު ދުނިޔަވީ މިސާލުތައް އެބަހުއްޓެވެ.

ތިބާއަށް ގައުމެއްގެ ވެރިކަން ލިބިއްޖެ ނަމަ އަމަލު ކުރާނީ ކިހިނެއް؟

Published on 8/2/2016

ތިބާ ތިއީ ގައުމެއްގެ ވެރިމީހާ އެވެ." އެހެންކަމަށް ހިތައި ހިނދުކޮޅަކު އެކަމާ ވިސްނާ ފިކުރު ކުރާށެވެ. އެފަދަ ދަނޑިވަޅެއްގައި އެންމެ އިސްކަންދޭނީ ކޮންކަމަކަށް ތޯ އެވެ؟ އެފަދަ މަގާމެއްގައި ހުރެގެން ގާތް ރައްޓެހިންނާއި، ހިތް ނޭދޭ މީހުންނާއި އަދި ޖުމުލަކޮށް މުޅި ގައުމުގެ އެންމެހާ ރައްޔިތުންނާއި މެދު ތިބާ އަމަލު ކުރާނީ ކިހިނެއް ތޯ އެވެ؟

ކެތްތެރިކަމުގެ ހުނަރު – ދަރިއަކަށް ދެވޭނެ އެންމެ ބޮޑު އެއް ހަދިޔާ!

Published on 2/3/2016

ޒަމާނީ ތަފާތު ވަސީލަތްތަކާއި އަދި ދިރިއުޅުމަށް މިހާރު މިއަންނަމުންދާ ބަދަލުތަކާ އެކު، އަޅުގަނޑުމެން އިންސާނުން މިދަނީ ވަގުތީ އުފާތައް ހޯދުމަށް ދެވޭ ސަމާލުކަން އިތުރު ކުރަމުންނެވެ. އަޅުގަނޑުމެން މިއަދު އަވަސްވެގަންނަނީ ބޮޑެތި ކަންކަމުގެ ހައްލު އިސާހިތަކު ހޯދައިގަތުމަށެވެ. މިއީ ގަބޫލު ކުރަން ޖެހޭ ހަގީގަތެކެވެ.

ކަންކަމަށް ޝުކުރުވެރިވާށެވެ. އޭގެ ފައިދާ ފަހުން މާބޮޑުވާނެއެވެ.

Published on 5/6/2015

ތިބާއަށް ލިބިފައިވާ، ކުޑަ ނަމަވެސް، ނިއުމަތަކާއި މެދު ވިސްނާލަބަލާށެވެ. ތިބާ ދުނިޔޭގައި ލަހައްޓަވާފައި ހުރުމާއި ތިބާ ދެކެ ލޯބިވާ މީހުން ވެސް އެބަތިއްބެވެ. ހަމައެހެންމެ، ކޮންމެވެސް ވަރެއްގެ ދުޅަހެޔޮ ސިއްހަތެއް ވެސް ތިބާއަށް ލިބިފައި ވެއެވެ. އާދައިގެ ނަމަވެސް ކޮންމެވެސް ވަރެއްގެ ފުދުންތެރި ދިރިއުޅުމެއް ލިބިފައި ވެއެވެ. މިއީ ހައްތާވެސް ޝުކުރު ހައްގު އުފާތަކެވެ. ނޫންތޯ އެވެ؟

ކައުނުގައި ލައްވާފައިވާ ކޮންމެ އެއްޗެއް ވެސް އޭގެ ޒާތުގައި ތަފާތު

Published on 9/6/2014

ހަމައެކަނި އިންސާނާގެ ހަށިގަނޑަށް ދިރާސާގެ ނަޒަރަކުން ބެލިކަމުގައި ވިއަސް އަޅުގަނޑުމެން އެކަކު އަނެކަކާ ތަފާތުކުރުވާ އެތަކެއް ސިފަތަކެއް އަޅުގަނޑުމެންގެ ހަށިގަނޑުގައި ހިމެނެއެވެ. ލޮލުގެ ކަޅި، އަޑު، ހިނގާބިނގާ އުޅޭ ގޮތް، މޫނުގެ ސިފަތައް، އިނގިލީގެ ނިޝާން، ހަށިގަނޑުގައި ހުންނަ ވަސް، ހަށިގަނޑުގެ ގުނަވަންތަކުގެ ބޮޑުކުޑަ މިން، ސިކުނޑީގައި ހިނގާ ހިޔާލުތައް، މިއީ ހައްތާވެސް އެއް އިންސާނަކު އަނެއް އިންސާނާއާ ތަފާތު ކުރާ ކަންތަކެވެ.

ރޯދަހިފުން އެއީ ބާރުގަދަ ބޭސް ގުޅައަކަށް ވުރެންވެސް ފައިދާ ބޮޑު ކަމެއް!

Published on 5/8/2014

މިއަދު މިދުނިޔޭގައި ހަތް ބިލިއަނަށް ވުރެ ގިނަ އިންސާނުން ދިރިއުޅެމުން އެބަދޭއެވެ. މީގެ ތެރެއިން އުމުރުން 110 އަހަރުން މަތީގެ މީހުންގެ ގޮތުގައި މުޅި ދުނިޔޭގައި ތިބި ކަމަށް ލަފާ ކުރެވެނީ އެންމެ 500 މީހުންނެވެ. މި 500 އެއްހާ މީހުންގެ ތެރެއިން ކޮންމެ މީހަކު ވެސް އެމީހުންގެ އާންމު ދިރިއުޅުމުގައި ކޮށް އުޅޭ އެއްކަމެއް އޮވެއެވެ. އެއީ، ގަވައިދުން ރޯދަ ހިފުމެވެ. އެހެން ގޮތަކަށް ދަންނަވަނީނަމަ ދުވާލުގެ ގިނަ ވަގުތު ނުކައި ތިބުމެވެ.

ވަކިކޮޅަކަށް ޖެހުން އެއީ ކަށީގަ ހުންނަ ކަމެއްބާ؟

Published on 6-7-2012

މިހާރު ރާއްޖޭގެ ވެރިކަން ކުރަމުންދާ ރައީސާއި، މީގެ ކުރިން ވެރިކަން ކުރި ރައީސާއި މެދު ތިބާދެކެނީ ކިހިނެތް ހެއްޔެވެ؟ މިދެރައީސުންނާއި މެދު ތިބާ ކޮންމެ ގޮތަކަށް ދެކުނުކަމުގައި ވީނަމަވެސް، އެދެކޭގޮތަކާއި މެދު ޚިޔާލު ތަފާތުވާ ބަޔަކު ތިބާ ދަންނާނެ ކަމީ އެއްވެސް ޝައްކެތް އޮތްކަމެއް ނޫނެވެ. އެކަމަކާ މެދު ނުވަތަ މީހަކާ މެދު އެކިމީހުން ދެކޭގޮތް ތަފާތުވަނީ ކީއްވެބާވައެވެ؟ މީގެ ޖަވާބަކީ ...

ކުޑައިރުގެ ޢީދު ހަނދާންތައް

Published on 3/12/2012

އެޒަމާނުގައި އަވަށްޓެރިންނަށް ޢީދު ސަޔަށް ދައުވަތުދީ ހެދުމަކީ ދިވެހިންގެ ތެރޭގައި ވަރަށް އާންމު ކަމެކެވެ. އެހެންކަމުން، އެގޭގެއަށް ޒިޔާރަތްކޮށް ކައިބޮއި ހަދައި، އަވަށްޓެރިންނާއި ގުޅުން ބަދަހި ކުރުމަކީ އޭރު ޢީދުދުދުވަސް ޚާއްސަވެގެންދާ އެއްކަމެވެ.

ސައެންސް

ބްލެކް ހޯލް އަކީ ކޮންއެއްޗެއް؟

Published on 1/7/2016

ބްލެކް ހޯލް ނުވަތަ އަނދިރި ވަޅުގަނޑެކޭ ބުނާ އަޑު ގިނަބަޔަކު ވާނީ އަޑުއަހާފައެވެ. އެހެންނަމަވެސް މިއީ ބިންމަތީގައި ހުންނަ ވަޅުގަނޑުތަކުގެ ވާހަކައެއް ނޫނެވެ. މިތާނގައި މިވާހަކަދެކެވޭ ބްލެކް ހޯލް އަކީ އަހަރެމެންގެ ކާއިނާތުގައި ވާކަމަށް ފަލަކީ އިލްމުވެރިން ގަބޫލު ކުރާ ބްލެކް ހޯލްތަކުގެ

މުސްލިމުންގެ ޢިލްމީ ހުނަރުވެރިކަމުގެ ތެރެއިން ހިސާބު ޖެހުމާއި ކުރެހުންތެރިކަން

Published on 11/10/2015

ހިސާބު ޢިލްމު ފަދަ މުހިއްމު ޢިލްމެއް ދުނިޔެއަށް ތައާރަފު ކުރުމުގައި މުސްލިމުންގެ މަގާމު އެއީ އޮޅިފައިވާނެ ކަމެއް ނޫންކަން ކަށަވަރެވެ. އަދި މިކަމަކީ މިއަދު ދުނިޔޭގެ މިފަދަ ދާއިރާތަކުން ކުރިއަރާފައިވާ މުޖުތަމައުތަކުގައި ވެސް މުސްލިމުންނަށް ގިނަގުނަ ތައުރީފު ލިބޭ ކަމެކެވެ. މުސްލިމުން އިންސާނިއްޔަތަށާއި ދުނިޔެއަށް ތައާރަފު ކުރި ހިސާބު އަދި ނުޖޫމީ އިލްމުގެ ބާވަތްތަކާއި، ކުރެހުންތެރިކަން އަދި އިމާރާތް ފަރުމާކުރުން ފަދަ ދުނިޔެވީ ކަންކަމަކީ މިހާރުގެ ދުނިޔެ ހުނަރުވެރިކަމުގެ ރޮނގުން ކުރިއެރުމަށް އެޅުނު މުހިއްމު ބިންގާތަކެއް ކަން އެއީ އިލްމީ ރޮންގުން ދުނިޔޭގެ ފުންނާބު އުސް މީހުން ދެބަސް ނުވާ ކަމެކެވެ.

ވިސްނާ ހޯދާށެވެ. އޭރުން ހިކުމަތްތެރިކަން ވަޒަން ކުރެވޭނެއެވެ.

Published on 11/07/2014

ހިންޏަކީ އޭގެ ޒާތުގައި ކުޑަކުޑަ، އެއްވެސް ހިކުމަތްތެރިކަމެއް އާރެއް ބާރެއް ނެތް އެއްޗެއް ކަމުގައި އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް ހީވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެކަމަކު، ހިންޏަކީ ވެސް ދުނިޔޭގައިވާ ދިރޭތަކެތީގެ ތެރެއިން މިސާލެއްނެތްފަދަ އަޖައިބުކުރަނިވި މަޚްލޫގެކެވެ. މިކަން ފާހަގަ ކުރުމަށް ހިނީގެ އާދަޔާޚިލާފު ހުނަރެއްގެ ވާހަކަ ހާމަކޮށްދޭ ނަމެވެ.

ކުދިކުދި ކަންތަކުން ބޮޑެތި ނަތީޖާ ނިކުތުންނިކުންނަ ބޮޑެތި ނަތީޖާތައް - ބަޓަފްލައި އިފެކްޓް

Published on 4/5/2013

މިލިޔުން ކިޔާލުމަށްފަހު ތިބާގެ ދިރިއުޅުމަށް ދިގުދެމިގެންދާނެ ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެކޭ ބުނުމުން އެވާހަކަ ގަބޫލު ކުރެވިދާނެ ހެއްޔެވެ؟ ނުވަތަ، ތިމާއަށް ކޮށްލެވޭ  ވަރަށް ކުޑަކުޑަ ކަމަކުން އާޚިރުގައި ހީވެސް ނުކުރެވޭފަދަ ބޮޑު ނަތީޖާ އެއް ނުކުމެދާނެ ކަމަށް ބުނުމުން  އެވާހަކަ ގަބޫލު ކުރެވިދާނެ ހެއްޔެވެ؟  އަހަރުމެންގެ ރާއްޖޭގެ ފަޒާގައި އުދުހޭއުދުހެމުން އަންނަ ކޮކާ ތަކާއި މެދު ވިސްނާލާށެވެ. އެއިން ކޮކާލެއް އުދުހުމުގައި ފިޔަޖަހާ ލެވޭ ވަގުތުގެ ގޮތުން،...

ރީތި ގޮތްގޮތަށް އަތުރާލެވޭ އަދަދުތަކުން ނެރެވޭ ހިތްގައިމު ތާރީޚުތައް

Published on 12/12/2012

ޑިސެމްބަރ 2012، ފަދަ ކަލަންޑަރަކުން ދިމާވާ ތާރީޚްތަކަށް ތަބާވަނީ ހަމަ އެކަނި މާޔަން ކަލަންޑަރު ގަބޫލު ކުރާ މީހުންނެއް ނޫނެވެ.  މިގޮތުން މިސާލަކަށް، މީލާދީ ނުވަތަ ހިޖްރީ ކަލަންޑަރުން ހިތްގައިމު ގޮތަކަށް އަދަދުތައް އަތުރާލެވޭ ފަދަގޮތަކަށް ތާރީޚެއް ދިމާވުމުން އެދުވަސް ފާހަނގަ ކޮށް ޚާއްސަ ކަންތައްތައް އެފަދަ މުނާސަބަތާއި ދިމާކޮށް އަހަރެމެންގެ ތެރެއިން ގިނަ އަދަދެއްގެ މީހުން ކުރެއެވެ.  މިސާލަކަށް...

ސައެންސްގެ އަލީގައި ކުލަ

Published on 15/3/2017

ކުލަތަކާއި އަޅުގަނޑުމެންނާއި ދެމެދު ވަރަށް ޚާއްސަ ގުޅުމެއް ވޭ. ކުލައަކީ އޭގައި އާދަޔާއި ޚިލާފު ބާރުތަކެއް އެކުލެވޭ އެއިން އިންސާނާގެ ސިކުނޑިއާއި ތަފާތު ގޮތްގޮތަށް ކުޅެލާ އެއްޗެއް.

ކިތަންމެ މޮޅުމީހަކަށް ވެސް ގޯހެއް ހެދިދާނެ!

Published on 15/01/2015

ޔަގީނެވެ. އައިންސަޓައިން އަކީ ދުނިޔެދުށް މޮޅުމީހެކެވެ. ސިކުނޑީގެ ތެތްކަން ވަޒަން ކުރާ މިންގަނޑު ތަކުން މަތީ މާކްސް ހޯދައިފައިވާ މީހެކެވެ. އިލްމީ ރޮނގުން ބެލި ކަމުގައިވިއަސް އަގު ވަޒަން ނުކުރެވޭފަދަ ކުރިއެރުން އައިންސްޓައިންގެ ފަރާތުން އިންސާނިއްޔަތަށް ލިބިފައި ވެއެވެ. ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާތަކުން އިންސާނުން މިހާތަނަށް

އެންމެ ފަހުގެ ލިޔުންތައް

އެއްވެސްކަމެއް ދާއިމަށް ދެމިގެނެއް ނުދާނެ

Published on 15/6/2017

އަޅުގަނޑު ކުޑައިރު ގޭގައި ބައްޕަ ގެންގުޅުއްވި އިނގިރޭސި ތާރީހު ފޮތަކުން ނަޕޯލިއަން ބޯނަޕާޓް ނަމަކަށް ކިޔުނު ވަރަށް ނުފޫޒާއި ބާރުގަދަ އަސްކަރީ ވެރިއެއްގެ ވާހަކަ ކިޔައި އުޅުނީމެވެ. ނަޕޯލިއަންގެ ވާހަކަ ތިބާ ކުރީގަ އެއްވެސް ވަރަކަށް އަޑު އެއްސެވިން ތޯ އެވެ؟