ހުވަފެންތައް ހަގީގަތަކަށް ހެދުމަށް މުހިއްމު ވަނީ ތެދުވެރިކަމާ އެކު ކުރާ މަސައްކަތް
މުރުން އެންމެ ހަތް އަހަރުގެ ކުއްޖަކު މަޝްހޫރު ކުންފުނި ކަމަށްވާ ގޫގްލުގެ ވަޒީފާއަކަށް އެދި އެތަނަށް ފޮނުވި ސިޓީއެއްގެ ވާހަކަ ތިބާ އަޑު އެއްސެވިންތޯ އެވެ؟ އިނގިރޭސިވިލާތަށް އުފަން އުމުރުން އެންމެ ހަތް އަހަރުގެ ކްލޮއީ ބްރިޖްވޯޓާ ނަމަކަށް ކިޔުނު ތުއްތު ކުއްޖަކު ގޫގްލުގައި ވަޒީފާ އަދާކުރުމުގެ ޝައުގުވެރިކަން ހުރިވަރު ބަޔާންކޮށް އޭނާ އަމިއްލަ އަތުން ލިޔުނު ސިޓީއަކަށް ގޫގްލުގެ އިސްވެރިޔާ ސުންދާރް ޕިޗާއީގެ ސަމާލުކަން ލިބިގެންދިއުން ވެގެންދިޔައީ ގިނަބަޔަކަށް ބޮޑު ހައިރާން ކުރުވަނިވި ކަމަކަށެވެ.